ރ. ފައިނު / ސޯޝަލް މީޑިއާ
ހަބަރު
ފައިނުން ފައިލޭރިއާއަށް ތިން މީހަކު ޕޮޒިޓިވްވެއްޖެ
Fathmath Reem
ފާތުމަތު ރީމް
19 ފެބްރުއަރީ 2024

ރ. ފައިނުން ފައިލޭރިއާއަށް ތިން މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެ ރަށު ކައުންސިލުން ހޯމަ ދުވަހު ނެރުނު ނޯޓިސް އެއްގައި ބުނެފައިވާ ގޮތުން އެ ރަށުގައި އުޅޭ ބިދޭސީން ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ތެރެއިން އެ ބައްޔަށް ޕޮސިޓިވް ވެފައިވާ ތިން މީހަކު ވަނީ ފެނިފައެވެ.


އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ ރަށު ކައުންސިލާއި ސިއްހީ މަރުކަޒުން ގުޅިގެން އަޅަމުން އަންނަ ކަމަށްވެސް އެ ނޯޓިސްގައި ބުނެފައި ވެއެވެ.

ރ. ފައިނުން ފައިލޭރިއާއަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު ދާދި ފަހުން ވަނީ މާލޭ ސަރަހައްދުންވެސް މި ބައްޔަށް ބަޔަކު ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ނައްތާލެތިވެފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަމުންދާތީ އެޗްޕީއޭއިން ވަނީ މުޅި ރާއްޖޭގައިވެސް ފައިލޭރިއާ ޓެސްޓު ކުރުމުގެ މަސައްކަތްތަކެއް ފަށާފައެވެ.

ފައިލޭރިއާއަކީ ރާއްޖެއިން 2016 ވަނަ އަހަރު ނައްތާލެވިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިބާ ބައްޔަކެވެ. މި ބައްޔަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved