March 1, 2026
Advertisement
އިންޑިއާގެ އެއާފޯސްގެ މަތިންދާބޯޓެއް
އިންޑިއާގެ އެއާފޯސްގެ މަތިންދާބޯޓެއް / ސޯޝަލް މީޑިއާ

މައި އެއާޕޯޓުގައި އިންޑިއާގެ މަތިންދާބޯޓެއް؟

Feb 17, 2025, 09:30 PM

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިންޑިއާގެ އެއާފޯސްގެ މަތިންދާ ބޯޓެއް ޖެއްސިކަން ހާމަކޮށްދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

Advertisement

މިކަން ހާމަވެފައިވަނީ އާންމު ރައްޔިތެއް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ފޮޓޯތަކުން އިންޑިއަން އެއާ ފޯސްގެ މަތިންދާ ބޯޓު ސީއޭ 7106ވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ މައި އެއާޕޯޓަށް ޖައްސާފައިވާކަން ހާމަވެފައެވެ. މިކަން ކަށަވަރުން ކުރުމަށްޓަކައި 13 އޮންލައިނުން ޑިފެންސް މިނިސްޓްރީއަށް ގުޅި ނަމަވެސް ފޯނު ނުނެގުމުގެ ސަބަބުން އެކަންވަނީ ކަށަވަރު ނުވެފައެވެ.

މި ސަރުކާރުން ވަނީ އިންޑިއާ ސިފައިން މި ގައުމުން ބާލާފައިކަމަށް ބުނަމުން ދާއިރު ކުރިން ތިބި އަސްކަރީ މީހުން ބޭލުމަށް ފަހު ހަމަ އެ އަދަދަށް ހިންދުސްތާނު އަސްކަރިއްޔާގެ ދަށުން ހިންގާ އެޗްއޭއެލްގެ މީހުން ގެނެސްގެން ސަރުކާރުން ވަނީ ބޮޑު އޮޅުވާލުމެއް ދިވެހި ރައްޔިތުންނަށް އޮޅުވާލާފައެވެ.

ރައީސް މުއިއްޒު ވަނީ ޔުނިފޯމު ލައިގެންވެސް ނުލާވެސް ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ނުތިބޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފެންނަ މަންޒަރުތަކުން އެއީ އިތުރުފުޅެއްކަން ދަނީ ހާމަވަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ކިޔުންތެރިއެއް
Feb 18, 2025, 12:16 AM
އެއީވެސްކުރީސަރުކާރުގެކަމަކަށްވާނީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved