
އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އިސްތިރާތީޖީ ބައިވެރިކަން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން، ދިވެހި ސަރުކާރުގެ އެއްވެސް މަންދޫބަކު ހާޒިރުވެވަޑައިނުގަންނަވާ ބައްދަލުވުމެއް އިންޑިއާގެ އިސް އޮފިޝަލުންގެ މެދުގައި ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުނު މަހާވަރް އާއި އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އުޕެންދްރަ ދިވެދީއާ ދެމެދުގައެވެ.
އެގޮތުން މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އިންޑިއާ-ރާއްޖޭގެ ދިފާޢީ އަދި ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އިންޑިއާ ކަނޑުގެ ސަރަޙައްދީ ސަލާމަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިއީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ރާއްޖޭގެ ފަރާތުން ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވާ މިފަދަ ގާތް އަދި އިސްތިރާތީޖީ މަޝްވަރާތަކެއް އިންޑިއާގެ ތެރޭގައި ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ.
މި ސަރުކާރުން އިންޑިއާގެ ފައިބުޑަށް ވެއްޓުމުން އިންޑިއާއިން މަސައްކަތް ކުރަނީ ރާއްޖޭގެ މިނިވަންކަން ނަގާލެވޭތޯއެވެ.










