March 1, 2026
Advertisement
އައި އެން 329
އައި އެން 329 / ޕްލޭން ސްޕޮޓާސް

އިންޑިއާއިން ޖާސޫސް ކުރުމަށް ބޭނުންކުރާ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް އިއްޔެ ވަަތްކަމުގެ އަޑުތަކެއް؟

Hussain Nawaf
ހުސައިން ނަވާފް
Mar 16, 2025, 08:49 PM

އިންޑިއާއިން ޖާސޫސް ކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް އިއްޔެ ވަދެ ދުއްވިކަން ރިޕޯޓު ކުރަން ފަށައިފިއެވެ.

Advertisement

ރާއްޖޭގެ ސަރަހައްދު މަތިން ދުއްވާފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ ޕީ-81 ނެޕްޓިއުން މަރުކާގެ އުޅަނދެކެވެ. މި އުޅަނދުގެ ރަޖިސްޓްރޭޝަން ނަމްބަރަކީ IN329 ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިންޑިއާގެ ގޯއާ ކައިރިން މި އުޅަނދު ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި ވ. އަތޮޅު މަތިން ދަތުރުކުރުމަށްފަހު ހަވީރު 4:00 ހާއިރު މާލެއާ ވަރަށް ކައިރިން ދަތުރުކޮށްފައި ދިޔަކަންވެސް ރިޕޯޓުތަކުން ބުނެއެވެ.

މާލެ ކައިރިއަށް އައުމަށްފަހު އެ ބޯޓު ވަނީ އުތުރަށް ދުއްވާ ހއ. އަތޮޅު ބޭރުން ރާއްޖެ ވަށާލާ ރާއްޖޭގެ ހުޅަނގުން ވެސް ދަތުރުކޮށްފައެވެ. އަދި ބޯޓު ދަތުރުކުރަމުންދިޔައީ 21،500 ފޫޓު މަތިންކަންވެސް ރިޕޯޓުކޮށްފައިވެއެވެ.

ޓްރެކް ކުރާ ސައިޓުތަކަށް މި ބޯޓު ގެއްލުނީ ރޭ އިރުއޮއްސުނު ފަހުން ރާއްޖޭގެ ހުޅަނގުން ދަތުރުކުރަމުން ދަނިކޮށްކަންވެސް ރިޕޯޓުތަކުން އިތުރަށް ބުނެއެވެ.

އިންޑިއާ އަސްކަރިއްޔާގެ މި އުޅަނދަކީ ސަބްމެރިންތަކާ ދެކޮޅަށް ބޭނުންކުރުމަށާއި، ސާވޭލެންސް އަދި ޖާސޫސް ކުރުމަށް ބޮއިން އިން އިންޑިއާގެ އަސްކަރިއްޔާއަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދުގެ އެހެން ވޭރިއަންޓްތައް އެމެރިކާއިންނާއި އިންގިރޭސި ވިލާތުންވެސް ބޭނުން ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އަށް ގުޅުމުން އަބަދުވެސް ބުނާ ފަދައިން ބުނީ މިނިސްޓްރީ އޮފް ޑިފެންސަށް ގުޅުމަށެވެ. އަދި ޑިފެންސަށް ގުޅުމުން ފޯނު ނުނެގުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ބަހެއްވަނީ ނުލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved