
ޓާޝަރީ ފެންވަރުގައިކަމަށް ބުނެ ހުޅުވި ހުޅުމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ސެންޓަރެއް ގާއިމު ކުރުމަށް މެޑްޓެކާއި ހަވާލުކޮށްފި އެވެ.
މިކަން ހާމަވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ގާއިމްކުރުމަށް މެޑްޓެކާއި އެކު އެއްބަސްވުމެއްގައި ރަސްމީކޮށް ސޮއިކޮށްފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށްކަން ފާހަގަކޮށްލެވެ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ޑައިލިސިސް ހެދުމަށް ހާއްސަކޮށްފައިވަނީ 10 އެނދުކަންް ފާހަގަކޮށްލެވެ އެވެ.
ޓާޝަރީ ހޮސްޕިޓަލްތަކަކީ ހޮސްޕިޓަލް ފަރުވާގެ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްތަކަށްވާއިރު، އެކަށޭނެ ފެންވަރެއްގައި ހުންނަ ޑައިލިސިސް ސެންޓަރަކީ އާންމުކޮށް ކިޑްނީގެ ބަލި ހުންނަ ބަލިމީހުންނަށް ފުރިހަމަ ފަރުވާއެއް ދިނުމަށްޓަކައި މުހިންމު ބައެކެވެ. އަދި ޓާޝަރީ ހޮސްޕިޓަލެއްގައިވެސް މުހިންމު ތަނެކެވެ.
ދައުލަތުން ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރިކަމަށް ބުނެ އޭރު ހޮސްޕިޓަލު ހުޅުވީ ދޮގު ހަދައިގެންކަން މިހާރުދަނީ ހާމަ ވަމުންނެވެ.




