March 20, 2026
Advertisement
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް / އަވަސް.އެމްވީ

ހުޅުމާލެ ހޮސްޕިޓަލު ޓާޝަރީ ފެންވަރުގައި ހުޅުވިތާ 6 މަސް، އަދިވެސް ޔޫރޮލޮޖިސްޓެއް ނެތް!

Mariyam Isaadha
މަރިޔަމް އިސާދާ
May 23, 2025, 03:11 AM
މާލެ ސިޓީ

މާލެ ސަރަހައްދުގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ހުޅުމާލޭގައި ހުރި ސަރުކާރު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުޅުވިތާ 6 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ރައްޔިތުންނަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުން އަދިވެސް ހަމަނުވާކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން އާންމު ރައްޔިތުން އެ ހޮސްޕިޓަލަށް މީގެ ހަމަސް ކުރިން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކަޓަރަކު ހުރިތޯ އޮޅުން ފިލުވަން ގުޅުމުން މައުލޫމާތު ދީފައިވަނީ އޭރު އަދި އެ ދާއިރާއަށް ޚައްސަ ޑޮކްޓަރެއް އެ ހޮސްޕިޓަލުގައި ނުބައްލަވާ ކަމަށެވެ.

އޭގެ ހަމަސް ފަހުން އަނެއްކާވެސް އެ ދާއިރާއިން ޚާއްސަ ޑޮކްޓަރަކު ހުރިތޯ އޮޅުން ފިލުވަން އާންމު ރައްޔިތަކު ބުރާސްފަތި ދުވަހު ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް މައުލޫމާތު ސާފުކުރުމުން ހާމަވީ އަދިވެސް އެ ހޮސްޕިޓަލުގައި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިޔާއަށް ގުޅާލުމުން ފޯނު ނުނަންގަވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުވާދެއްވީ 16 ނޮވެމްބަރ 2024 އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved