March 24, 2026
Advertisement
ޓަރޝަރީ ފެންވަރުގައިކަމަށް ބުނެ ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވި ހަފްލާގެ ތެރެއިން
ޓަރޝަރީ ފެންވަރުގައިކަމަށް ބުނެ ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވި ހަފްލާގެ ތެރެއިން / ރައީސް އޮފިސް

ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހުޅުވިކަމަށް ބުނެ ސަރުކާރުން ހެދީ ދޮގު!

Hussain Nawaf
ހުސައިން ނަވާފް
Jan 26, 2025, 08:56 PM

ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހުޅުވިކަމަށް ބުނެ ސަރުކާރުން ހެދީ ދޮގު ހަދައިފިއެވެ.

Advertisement

ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ތަރައްގީކޮށް ރަސްމީކޮށް ހުޅުވައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ސަރުކާރުން މިފަދައިން ބުނެ ހޮސްޕިޓަލް ހުޅުކަމުގައި ވީ ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޔޫރޮލޮޖީ ޑިޕާޓްމެންޓެއް ނީންނަކަމުގެ މައުލޫމާތުވަނީ 13އޮންލައިނަށް ލިބިފައެވެ.

އެގޮތުން އެ ހޮސްޕިޓަލުގައި އެންމެ ފަހުން ބައްލަވަން ފެށީ ޕަލްމޯނޮލޮޖިސްޓަކާއި ކިޑްނީގެ ހާއްސަ ޑޮކްޓަރެއްކަންވެސްވަނީ ޔަގީން ކުރެވިފައެވެ. އަދި އެ ހޮސްޕިޓަލުގައި ދުވަހަކުވެސް ކުޑަ ކަމުދާ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނުބައްލަވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ޓާޝަރީ ހޮސްޕިޓަލްތަކަކީ ހޮސްޕިޓަލް ފަރުވާގެ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްތަކަށްވާއިރު، ޚާއްޞަ އަދި ކޮމްޕްލެކްސް މެޑިކަލް ޚިދުމަތްތައް މި ހޮސްޕިޓަލްތަކުން ފޯރުކޮށްދެއެވެ.

ޔޫރޮލޮޖީ އަކީ ކުޑަކަމުދާ ނިޒާމާއި ފިރިހެނުންގެ ނަސްލު އުފެއްދުމުގެ ނިޒާމަށް އަމާޒުކޮށްގެން އުފައްދާ ސާޖިކަލް ސްޕެޝަލިޓީއެކެވެ. އެގޮތުން، އެއީ ޓާޝަރީ ހޮސްޕިޓަލްތަކުގައި އާންމު އަދި ކޮންމެހެން ހިމެނިފައިވާންޖެހޭ ޑިޕާޓްމަންޓެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved