ހިޔާ ފުލެޓަކަށް ވަދެ، ވަޅިން ބިރު ދެއްކި މައްސަލައިގައި ހައްޔަރުކުރި މީހާ -- / ޕޮލިސް
ހަބަރު
ހިޔާ ފުލެޓެއްގައި، ވަޅިން ބިރު ދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ފެބްރުއަރީ 2025
މާލެ ސިޓީ

ހިޔާ ފުލެޓެއްގައި ވަޅިން ބިރު ދައްކައި، މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހުގެ 22:54ހާއިރު، ހިޔާ ފުލެޓެއްގައި ވަޅިން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ފިޔާތޮށިގެ، މުޙައްމަދު ލުބާން ޤައްހާރު، 26 އަހަރެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved