

ތ. މަޑިފުށީގައި 63 އަހަރުގެ މީހަކު އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް ފެންމަތިވެއްޖެ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މީހާގެ ބަޔާން ނަގަން މަޑިފުށި ޕޮލިސް ސްޓޭޝަނަށް ވެސް ހާޒިރުކުރި އެވެ. އެ ފިރިހެންމީހާ އޭގެ ފަހުން އަމިއްލަ އަށް ދަންޖެހިގެން މަރުވީ އެވެ. ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މަޑިފުށިން ވާހަކަ ދެއްކި މީހަކު ބުނީ، ދަންޖެހުނު ރޭ ވާގަނޑެއް ހިފައިގެން އެ ރަށުގައި އުޅޭ ބަޔަކަށް ފެނިގެން އެ މައްސަލަ ފުލުހުންނަށް އަންގައި ސަމާލުކަމަށް ގެނައި ކަމަށްވެ އެވެ.
އޭނާ މަރުވެފައި ހުއްޓާ ފެނުނީ އެ ރެ އެވެ.
އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. ފުލުހުން އަންނަނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.