April 5, 2026
Advertisement
[
[ / ސޯޝަލް މީޑިއާ

މުލަ ރޯދަ ދުވަހަކީ މާދަމާ، ރަމަޟާން މުބާރަކް!

Yana Shareef
ޔާނާ ޝަރީފް
Feb 18, 2026, 01:33 AM

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފިއެވެ.

Advertisement

މިއަހަރުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ހަނދާ ބެހޭ ގަރާރު އިއްވައިފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި ނެރެއްވި ގަރާރުގައި ވަނީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައުބާން މަހުގެ 29، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވީ އަންގާރަ ދުވަހުގެ އިރުއޮއްސުމުގެ ފަހުން ދިވެހިރާއްޖެއަށާއި ބައެއް އިސްލާމީ ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ބައެއް އިސްލާމީ ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވާތީ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވާ ބުދަ ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް ގަރާރުގައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved