February 27, 2026
Advertisement
އެކި ގައުމުތަކުގެ ޑިޕްލޮމެޓުން އޯއިސީގެ ބައްދަލުވުމުގައި
އެކި ގައުމުތަކުގެ ޑިޕްލޮމެޓުން އޯއިސީގެ ބައްދަލުވުމުގައި / ޓައިމްސް އޮފް އިސްރާއީލް

ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ޣައްޒާ އާރާސްތުކުރުގެ މަގުޗާޓަށް ރާއްޖެއިން ތާއީދުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Mar 8, 2025, 08:30 PM

ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ޣައްޒާ އާރާސްތުކުރުމަށް އަރަބި ގައުމުތަކުން ހުށަހަޅައިފައިވާ މަގުޗާޓަށް ރާއްޖެއިން ތާއީދުކޮށްފިއެވެ.

Advertisement

ރާއްޖެއިން އެ މަގުޗާޓަށް ތާއީދުކޮށްފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ފޮރިން މިނިސްޓަރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގައެވެ.

އެ ބައްދަލުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު ހަލީލް ވަނީ ސަހްޔޫނީން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަހްޔޫނީން ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކޮށް އެކަމާއި ކަންބޮޑުވުންވެސްވަނީ ފާޅުކޮށްފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވިކަންވެސް ފާހަގަ ކުރެވެއެވެ.

ރާއްޖެއިން ބައިނަލް އަގްވާމީ ދުނިޔޭގައި އަޑު ހަރުކޮށް ފަލަސްތީނުގެ މައްސަލައިގައި ވަކާލާތު ކުރަމުން ގެންދާއިރު އެ ކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވެއެވެ. އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނެ ސަރުކާރުން ދޮގު ހަދައި އެކަން ނުކޮށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ލަސް ކުރާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 1541 މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved