April 15, 2026
Advertisement
ޚަލީލުއާ އައިޝަތު ޝިހާމް މަގާމުން ވަކިކޮށްފި
ޚަލީލުއާ އައިޝަތު ޝިހާމް މަގާމުން ވަކިކޮށްފި / ތޭރަގްރެފިކްސް

ޚަލީލުއާ އައިޝަތު ޝިހާމް މަގާމުން ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 14, 2026, 01:05 PM
މާލެ ސިޓީ

ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ޚަލީލުއާ ޖެންޑަރ މިނިސްޓަރު އައިޝަތު ޝިހާމުވެސް މަގާމުން ވަކިކޮށްފިއެވެ.

Advertisement

މި ސަރުކާރުގައި އެންމެ ފުރަތަމަ ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ޚަލީލު މަގާމުން ވަކިކުރިކަމަށް ގިނަ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާއިރު މިކަމުގައި ރައީސް އޮފީހުގެ ބަހެއް އަދި ނެތެވެ.

ޑރ ޚަލީލުގެ އިތުރުން ޖެންޑަރ މިނިސްޓަރުގެ މަގާމުގައި ހުރި ޑރ އައިޝަތު ޝިހާމުވެސް ވަނީ ކުޑަިއރުކޮޅެއް ކުރިން ވަނީ މަގާމުން ވަކިކޮށްފައެވެ. އައިޝަތު ޝިހާމު ވެސް ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވާއިރު، އިތުރު ވަޒީރުންތަކެއް ވެސް މިއަދު ވަކިކުރަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސަރުކާރުން ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް މި ގެންނަނީ އެޕްރީލް ހަތަރެއްގައި ބޭއްވި އިންތިހާބުތަކުގައި ބޮޑު ނާކާމިޔާބީއާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ކެބިނެޓާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved