ހޫނު ހަބަރު / ތޭރަ އޮންލައިން
ހަބަރު
ގައުމީ ސަލާމަތަށް ނުރައްކާވާނެކަމުގެ މައުލޫމާތެއް ލިބިގެން އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެފި
Mariyam Isaadha
މަރިޔަމް އިސާދާ
10 މާރިޗު 2025
މާލެ ސިޓީ

ގައުމީ ސަލާމަތަށް ނުރައްކާވާނެކަމުގެ މައުލޫމާތެއް ލިބިގެން އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެފިއެވެ.

ފުލުހުން މިފަދައިން ހާމަކޮށްފައިވަނީ އެ މުއައްސަސާގެ މިސްމީޑިޔާ ޕްލެޓު ފޯމުތަކުގައި ކުރި ޕޯސްޓެއްގައެވެ. ފުލުހުން ހާމަކުރި ގޮތުގައި މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ފުލުހުންނަ ސިފައިންގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާ އެއީ އެ މުއައްސަސާއަށް ލިބުނު މައުލޫމަތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާނެކަމުގެ މައުލޫމާތެއް ލިބިގެން ހިންގާ ޚާއްސަ އޮޕަރޭޝަނެއް އެ ދެ މުއައްސަސާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮންކަހަލަ ނުރައްކަލެއްގެ މައުލޫމާތެއް ކަމަށް ހިއްސާ ކޮށްފައިނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved