ޝަހީދު ހުސައިން އާދަމް ބިލްޑިން: -- / ޕޮލިސް
ހަބަރު
ގައުމީ ސަލާމަތަށް ނުރައްކާވާނެތީ އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެ ކުރި ޕޯސްޓު ޑިލީޓުކޮށްފި
10 މާރިޗު 2025
މާލެ ސިޓީ

ގައުމީ ސަލާމަތަށް ނުރައްކާވާނެތީ އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެ ކުރި ޕޯސްޓު ޑިލީޓުކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން ވަނީ މީގެ އިރުކޮޅެއް ކުރިން އެ މުއައްސަސާގެ މީސް މީޑިޔާ ޕްލެޓު ފޯމުތަކުގައި ރަސްމީކޮށް ޕޯސްޓެއްކޮށްފައެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމާތައި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނެ ކަމަށެވެ.

ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ފުލުހުން ވަނި އެ ބަޔާންތައް މީސް މީޑިޔާއިން ނަގާފައެވެ.

ފުލުހުން ކުރިން ނެރުނު ބަޔާން

ފުލުހުން މިފަދަ ބަޔާނެއް ނެރުމަށް ފަހުން ފަހުްނ އެ ބަޔާން ޑިލީޓުކޮށްލި ސަބަބު އަދި ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved