ކަނޑިތީމް ދާއިރާގެ ރޫހު އޮތީ ރައީސް ޔާމީން ގެ ފަހަތުގައި ކަމަށް ކަނޑިތީމް ދާއިރާގެ ގޮނޑިއަށް ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ނަވީޒް ވިދާޅުވެއްޖެއެވެ.
މުޅި ކަނޑިތީމް ދާއިރާއާއި ށ އަތޮޅު އޮތީ ރައީސް ޔާމީނުގެ ފަހަތުގައި ކަމަށާއި ރައީސް ޔާމީންގެ ފުރިހަމަ އެއްބާރުލުމާއި އެކު ކަނޑިތީމް ދާއިރާެާގެ ގޮނޑި ޕީއެންއެފްއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ދޭކަމަށް ނަވީޒް ވަނީ ވިދާޅުވެފައެވެ.
އަދި ހަމައެއާއެކު އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުގައި ހާމަ ވެގެން ދިިޔައީ އަތޮޅުގެ ރައްޔިތުންގެ ރޫހު ވަނީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށްވެސް ނަވީޒް ފާހަގަކުރެެއްވިއެވެ.
'އަޅުގަނޑު މިހާރު މިވަނީ ދާއިރާގެ ގިނަ ރަށްތަކަކަށް ދަތުރުތަކެއް ވެސް ކޮށްލާފަ. ކެމްޕެއިން ދަތުރުތަކެއް. ދާއިރާގެ ރޫހު އަޅުގަނޑަށް ފެނިގެން ދިޔައީ ރައީސް ޔާމީންގެ ފަހަތުގައި"
އިތުރަށް ވާހަކަދައްކަމުން ނަވީޒް ވިދާޅުވީ ދާއިރާއަކީ ރައީސް ޔާމީން ގެ ދާއިރާއެއްކަމަށާއި އެއީ ތަރައްގީގެ ގޮތުން ރައީސް ޔާމިން ގެ ޒާމަތުގައި ކޮޮށްދެއްވި ކަންކަމުގެ ސަބަބުން ކަމަށާއި ވޭތުވެ ދިޔަ 5 އަހަރުގެ ވެރިކަން ނިމިގެން ދިޔަ އިރު ފެނިގެން ދިޔައީ ރަށްތަކުގެ ގިނަ ޕްރޮޖެކްޓް ތަކެއް ހުއްޓިގެންދިޔަ މަންޒަރުކަމަށެވެ.