ދިވެހި ރާއްޖެގެ ޖުޑިޝަރީއާއި ދޭތެރޭގައި މިއަދު އެއްވެސް އިތުބާރެއް ނެތްކަމަށާއި ޖުޑިޝަރީއަކީ ޕޮލިިޓިކަލް ބޮޑީއެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށްޓަކައި ސިލްސިލާ ގޮތެއްގައި ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާއި ސުވާލުކުރައްވަމުންނެވެ.
އެގޮތުން ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައަށް އެކަނި ބެލިކަމުގައި ވީނަމަވެސް ރައްޔިތުންނަށް ޖުޑީޝަރީގައި ހުރި ކަންކަން ސާފުވެގެން ދާނޭކަމަށެވެ. އަދި ހަމަ އެއާއެކު ޑރ.ޖަމީލް ވިދާޅުވީ އިންސާފުގެ ނިޒާމަކީ އެއިރެއްގެ ވެރިން ބޭނުން ގޮތަކަށް ޖުޑިޝަރީ ކޮންޓްރޯލް ކުރާކުރުން ކަމެވެ.
ރައީސް ޔާމީންގެ މައްސަލައަށް އެކަނި ބެލި ކަމުގައި ވީނަމަވެސް ރައްޔިތުންނަށް ސާފުވެގެންދޭ މިއަދު ދިވެހި ރާއްޖޭގެ ޖުޑިޝަރިއަކީ ރާއްޖެގެ އެއްވެސް ނިޒާމެއް ޕޮލިޓިސައިޒް ނުވާވަރަށް ޕޮލިޓިސައިޒް ވެފައިއޮތް ޕޮލިޓިކަލް ބޮޑީއެއް ކަން. މިތަނުން ދެނީ އިންސާފެއް ނޫންކަން. މިތަނުައި ހަގީގީ މާނައެއްގައި އޮންނަނީ އެއިރެއްގެ ވެރިން ބޭނުންގޮތަކަށް އިންސާފުގެ ނިޒާމް ކޮންޓްރޯލް ކުރާ ތަނެއްގެ ގޮތުގައި ވެފަ މި އޮންނަނީ
އޭގެއިތުރުން ޑރ.ޖަމީލް ވިދާޅުވީ ސަރުކާރުން އަންނަނީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ނުފޫޒު ފޯރުވަމުންކަމަށެވެ.
މި ސަރުކާރަކީ ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ، ކެމްޕެއިން ކުރެއްވި އިރު އެމަނިކުފާނުގެ ހުސް ގޮނޑިވެސް ބަހައްޓަވައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައި ބަޔެއް ކަމަށް ވެސް ޑރ.ޖަމީލް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ޝަރުޢީ ނިޒާމަށް ނުފޫޒު ނުފޯރުވާނަމޭ ވިދާޅުވެފައި ވީނަމަވެެސް ފެންނަނީ ރައީސް ޔާމީންގެ މައްސަލައިގައި ނުފޫޒު ފޮރުވާ މަންޒަރުކަަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.