ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު / ތޭރަ އޮންލައިން
ހަބަރު, ސިޔާސީ
2024 ވަނަ އަހަރު އިގްތިސާދު ކުރިއަރާނީ 4.7 އިންސައްތަ: މަލީހް
Aminath Zara
އައިމިނަތު ޒާރާ
06 އޯގަސްޓު 2024
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސާދު 2024 ވަނަ އަހަރު ކުރިއަރައިގެންދާނީ 4.7% އަށް ކަމަށް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ފްރޮންޓް އޮފީސްގެ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަލީހް އިތުރަށް ވިދާޅުވީ އައިއެމްއެފްއިން ރާއްޖޭގެ އިގްތިސާދު %9.9 ދުވެލީގައި ކުރިއަށް ދާނެ ކަމަށް ފޯކާސްޓްކުރެއްވި ނަމަވެސް ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން 2024 ވަނަ އަހަރު ކުރިއަރައިގެންދާނީ 4.7% އަށްކަމަށެވެ.

މިވަރަށްވެސް ގައުމުގެ އިގްތިސާދު ރަނގަޅުވާނީ ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައިގެން ކަމަށާއި މިގޮތުން އައިއެމްއެފް އިން ވިދާޅުވާ ރިފޯމްތައް ގެންނަވާ ދައުލަތުގެ ޚަރަދުތައް ކުޑަކުރައްވަން މިހާރުވެސް ލަސްވެއްޖެކަމަށް މަލީހް ވިދާޅުވިއެވެ. މުވައްޒަފެއް އައްޔަނުކުރުމަށްފަހު އެ މުވައްޒަފަކު ސުޕަވައިޒު ކުރުމަށް 14 މީހުން އައްޔަނުކުރުމަކީ ދައުލަތުގެ ފައިސާ ގަސްތުގައި އިސްރާފުކުރުން ކަމަށް މަލީހް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއިން ބޮޑެތި ދަރަނިތައް ނަގާފައިވާއިރު ކުޑަ ގައުމަކަށް މިއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ. މިގޮތުން 8 ބިލިއަން ދުނިޔޭގެ އެކި ގައުމުތަކަށް ރާއްޖެ ދަރާފައިވާއިރު ސަރުކާރުން މިފަދަ ކަންކަން ބޮޑު ކަމަކަށް ނަހައްދަވާ ބޭކާރު އަދި ބޮޑެތި ޚަރަދުތައް ކުރައްވަމުން ގެންދަަވާތީ ބިރުގަންނަކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved