އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި އައިޝަތު ފިފްޝީން: / އެޗްޑީއެފްސީ
ހަބަރު
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ފިފްޝީން ވަކިކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 މާރިޗު 2025
މާލެ ސިޓީ

އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ފިފްޝީން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އޭނާ މަގާމުން ވަކިކުރީ, އޭނާ އެ މަގާމަށް ހަަމަޖެއްސިތާ އަހަރަކާ ދެ މަސް ދުވަސް ފަހުންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.

ފިފްޝީން ވަނީ ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވައިފައެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގައެވެ.  އޭނާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއިން ޕްރޮފެޝަނަލް ބޭންކަރެއްގެ ގޮތުގައި ތަމްރީން ހޯއްދަވައިފަ އެވެ. އަދި މެލޭޝިޔާއިން ވެސް ޗާޓާޑް ބޭންކާއެއްގެ ކޮލިފިކޭޝަން ހޯއްދަވައިފަ އެވެ.

ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވާސިޓީން ބަޗެލާސް އޮފް ކޮމާސް ހާސިލްކުރައްވައިފަ އެވެ. އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސް ހާސިލްކުރައްވައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved