March 14, 2026
Advertisement
އުރީދޫގެ އަހަރީ ޖެނެރަލް މީޓިންގެ ފޮޓޯއެއް
އުރީދޫގެ އަހަރީ ޖެނެރަލް މީޓިންގެ ފޮޓޯއެއް

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 9, 2024, 05:29 PM
މާލެ ސިޓީ

އާންމު ހިއްސާދާރުންގެ ފަރާތުން އޫރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އުރީދޫއިން ނެރުނު ބަޔާނެއްގައެވެ.

އިއުލާނުގައި ވަނީ މެންބަރުންގެ ހުންނަށް ޖެހޭ ޝަރުތުތައް ހިމަނާފައެވެ.

އެ މަގާމަށް ކުރިމަތިލުމަށްތަކައި އެޕްލިކޭޝަން ފޯމުތައް އުރީދޫ މޯލްޑިވްސްގެ ހުޅުމާލޭގައި ހުންނަ ހެޑްކުއާޓާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހު 29 ގެ ހެނދުނު 10:00 އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ.

އެގޮތުން މިއަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި އަންނަ ފެބްރުއަރީ މަހު އިއުލާނު ކުރާނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved