ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން
ސިޔާސީ
މިހާރު އޮތީ އެންމެ މޮޔަ މެމްބަރުންގެ މަޖިލިސް: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
17 މާރިޗު 2025
މާލެ ސިޓީ

މިހާރު އޮތް ރައްޔިތުން މަޖިލީހަކީ އެންމެ މޮޔަ މެމްބަރުން ތިބި މަޖިލީހުގެ ގޮތުގައި ދިވެހި ރައްޔިތުން ތާރީހުގައި ލިޔާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭގެ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ވަކާލާތަު ކުރަން އެ ބޭފުޅުން ޖެހިލުން ނުވާނެ ކަމަށާ އަބަދުވެސް ރައްޔިތުންގެ ހައްގުގަައި އަޑު އުފުލާނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން ދަނީ އެންމެ އަޑު ހަރުކޮށް އެ ވާހަކަ ދެއްކެވި މެމްބަރުންގެ މައިކުން އަޑު ކެނޑިފައިވާ މަންޒަރު ކަމަށް ވެސް މަލީހު ވިދާޅުވިއެވެ. އެގޮތުން ބާރަށު މައިކާ ބޮޓޭކޯ މެން ފަދަ މައިކުން އަޑު ކެނޑިފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ.

ބޮޓޭކޯމެން ބާރަށު މައިކުމެން ބޮޑެތި ވާހަކަ ދައްކާނެ. އެބޭފުޅުންނަކީ މިއަދު ބައެއް ނޫނޭ. އެބޭފުޅުން އެތިބީ ކަސްތޮޅު އެޅުވިފައޭ. އެބޭފުޅުން އަމިއްލައަށޭ އެބޭފުޅުން އަމިއްލަ ޒިންދަނީ ދުއްވާލައިގެން އެތިބީ. ބާރަށު މައިކަށް ދަންނަވަން ބޭނުންވަނީ ބޮޑެތި ގޮނޑިތަކަށް ވަޑައިގެން ރައްޔިތުންގެ ހައްގުގައި ކޮންކަމެއްތޯ ކުރަނީ. ކޮން ވަކާލާތެއް ކުރަނީ. އަޑަށް ބާރުލާފައި ވިދާޅުވީ މި މައިކުން އަޑެއް ނުކެޑޭނެއޭ. މިމައިކުގައި އަބަދުވެސް އަޑު ހުންނާނެއޭ. އެކަމަކު އެމައިކުގައި އަބަދު ކެނިވިފައި އަބަދު ބެޓެރި ހުސްވެފައި. މިއީ ފުރަތަމަ ފަހަރެއް ނޫން ބާރަށު މައިކު ވެސް މަޖިލީހަށް ވަޑައިގަތް. ނަމަވެސް މިފަހަރު ވަޑައިގެންފައި އަމިއްލައަށް ކަސްތޮޅު އެޅިގަތީ. ދިވެހި ރައްޔިތުން ބުނާނެ މިއަށް ވުރެ މޮޔަ ސިކުނޑިއެްގެ ވެރިބަޔަކު މަޖިލީހަށް އައި ފަހަރެއް ނެތޭ.

- މަލީހު

މަލީހު ވިދާޅުވީ މިއަދުގެ މަޖިލިސް މެމްބަރުން ތިބީ ކޮމްޕްރޮމައިޒްވެފައި ކަމަށެވެ. މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުހައްމަދު މުއިއްޒު ވަނީ ޕީއެންސީ މަޖިލިސް މެމްބަރުން ކަސްތަޅު އަޅުވާ ގޮނޑީގައި ބަންނަން އެންޓި ޑިފެކްޝަން ގާނޫނު ތަސްދީގުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved