March 21, 2026
Advertisement
ބެންޖަމިން ނެތަންޔާހޫ
ބެންޖަމިން ނެތަންޔާހޫ / އަނަޑޮލު އަޖަންސި

އެއްބަސްވުމާއި ހިލާފުވެ ސަހްޔޫނީން ފަލަސްތީނުގެ 400 އަށް ވުރެ ގިނަ މީހުން އަނެއްކާވެސް ޝަހީދުކޮށްލައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 19, 2025, 06:40 PM

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ ފަލަސްތީނުގެ 400 އަށް ވުރެ އިތުރު މީހުން ޝަހީދުކޮށްލުމަށްފަހު އެއީ ހަމަ ފެށުމެއްގެ ގޮތުގައި ސަހްޔޫނީން ސިފަކޮށްފިއެވެ.

Advertisement

ސަހްޔޫނީންގެ ހައްދު ފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާ ގޮތުގައި ހަމަލާ ދިނުމަށް އަމުރު ކުރީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން ދެކޮޅު ހެދުމުންނެވެ.

ނަތަންޔާހޫ ވަނީ ޣައްޒާގެ ރައްޔިތުން ނުރައްކަލުން ދުރުވެ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އާންމުންނަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ ހަމާސްއިން ނަގަން ޖެހޭނެކަން ދޭހަވާ ފަދަ މޭރުމަކުން ނަތަންޔާހޫ ވަނީ ވާހަކަ ދައްކާފައެވެ.

މިހާރުން ފެށިގެން ސަހްޔޫނީން ހަމާސްއާ ދެކޮޅަށް އަމަލުކުރާނީ ކުރިއަށް ވުރެއް ވަރުގަދައަށް. އަދި މިހާރުން ފެށިގެން މަޝްވަރާތައް ކުރިއަށްދާނީ ހަމައެކަނި ބަޑިޖެހުމުގެ ދަށުން

ނަތަންޔާހޫ، ޓެލްއަވީވްގައި ހުންނަ ކިރިޔާ އަސްކަރީ މަރުކަޒުން

ސަހްޔޫނީންގެ ހަމަލާގައި ވަނީ ޣައްޒާގެ އުތުރުން ފެށިގެން ދެކުނުގެ ގެތަކާއި ކޭމްޕްތަކަށް ހަމަލާދީފައެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ސަހްޔޫނީ މަތިންދާބޯޓަކުން ޣައްޒާއަށް މިސައިލެއް ފޮނުވާލިކަމަށް މަސްދަރުތަކުންދަނީ ރިޕޯޓު ކުރަމުންނެވެ.

ހަމަލާގައި 400 މީހުންނަށް ވުރެ ގިނަ މީހުން ޝަހީދުވި އިރު އޭގެ ތެރޭގައި ފަލަސްތީނުގެ 174 ކުޑަކުދިން ޝަހީދުވެ، ޣައްޒާގެ ތާރީހުގައި ވެސް ކުޑަކުދިން އެންމެ ގިނައިން މަރުވި ދުވަހަށް އިއްޔެ ވެގެން ދިޔައެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved