March 20, 2026
Advertisement
ތެލެސީމިއާ ސެންޓަރުގެ އާ ޑީޖީ އަހުމަދު މައުސޫމް.
ތެލެސީމިއާ ސެންޓަރުގެ އާ ޑީޖީ އަހުމަދު މައުސޫމް. / ހެލްތު މިނިސްޓްރީ

ތެލަސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލެއް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 24, 2025, 10:44 PM
މާލެ ސިޓީ

އަށް އަހަރު ފަހުން ތެލެސީމިއާ ސެންޓަރު ޑިރެކްޓަ ޖެނެރަލަކު ސަރުކާރުން މިއަދު އައްޔަންކޮށްފި އެވެ.

Advertisement

ހެލްތު މިނިސްޓްރީން ބުނީ މި މަގާމަށް އައްޔަންކޮށްފައިވަނީ އަހުމަދު މައުސޫމް ކަމަށެވެ.

މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ ކުރިން މައުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.

މީގެ އިތުރުން އެ ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަކާއި ޑިރެކްޓަރެއްގެ މަގާމަށް ވެސް ވަރަށް އަވަހަށް ބޭފުޅުން ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތެލަސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލެއް މިއަދު މި އައްޔަނުކުރެވުނީ ލޭރައްކާ ކުރާ ފިލްޓަރތައް މައްސަލަޖެހި ބުރަ މަސައކްކަތުން ލޭ އަޅަ ކުދިންގެ މައިންބަފައިން ހޯދާ ލޭ ކޮޅު އުކާލާން ޖެހި އަދި ބްލަންޑް ބޭންކުގެ ޚިދުމަތާ ތެލެސީމިއާ ސެންޓަރުގެ ހިދުމަތްވެސް ފެންވަރުދަށްވެ ތަނުގެ ވެރިންގެ އިސްތިއުފާއަށް ބަލި ކުދިންގެ މައިންބަފައިން ހިމެނޭ ރައްޔިތުން ނުކުމެ އިހުތިޖާޖުކުރަން ފެށުމުން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved