theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ތެލެސީމިއާ ސެންޓަރު އެތެރޭގައި މުޒާހަރާއިގެ ބައިވެރިން - ފައިލް ފޮޓޯ / ފޭސްބުކް
ހަބަރު
މޯލްޑިވިއަން ބްލަޑް ސާވިސަސް އަށް ހޮޓްލައިނެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 ޖުލައި 2025
މާލެ ސިޓީ

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި އެވެ.

އެމްބީއެސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމްބީއެސްއަށް ހޮޓްލައިނެއް ހަމަޖައްސާފައިވަނީ، ޚިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ 7333645 އެވެ.

އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.

ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވަނީ ފަށާފަ އެވެ.

ރައީސް މުއިއްޒު މިފަހުން ވަނީ ތެލަސީމިއާ ސެންޓަރުގެ ހާލަތު މިއަދާ ހަމައަށް އައިއިރު އެނގިނުލައްވާ ކަމަށާއި، ނަމަވެސް ދެން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސަރުކާރުން މިހާރު ވަނީ ވަރަށް ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށްފަ އެވެ. އެންމެ ޒަމާނީ ފެންވަރުގެ ތެލެސީމިއާ ހިދުމަތްދޭ ތަނެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved