April 8, 2026
Advertisement
އަލްއަގްސާ މިސްކިތުގައި ނަމާދު ކުރަނީ
އަލްއަގްސާ މިސްކިތުގައި ނަމާދު ކުރަނީ / އަލްޖަޒީރާ

އަލް އަގްސާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 100،000 މީހުން ތަރާވީހު ނަމާދުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Mar 26, 2025, 07:54 PM

ސަހްޔޫނީން ހުރަސްއެޅި ނަމަވެސް އަންގާރަ ދުވަހު ގުދުސްގެ އަލް އަގްސާ މިސްކިތުގައި ބަރަކާތްތެރި ރަމަޟާން މަހުގެ 25 ވަނަ ދުވަހު ފަލަސްތީނުގެ ގާތްގަނޑަކަށް 100،000 މީހުން ތަރާވީހު ނަމާދުކޮށްފިއެވެ.

Advertisement

އެތަން ހިންގުމުގެ ޒިންމާ އުފުލާ ގުދުސް ވަގުފް އެންޑް އަލް އަގްސާ މިސްކިތް އެފެއާޒް ޑިޕާޓްމަންޓުން ބުނީ އެއްލައްކަ އަޅުކަންކުރާ މީހުންގެ ތެރެއިން ގިނައީ ގުދުސްގެ ރައްޔިތުންނާއި ސަހްޔޫނީ ފަލަސްތީނުގެ ރައްޔިތުން ކަމަށެވެ.

ނަމަވެސް ސަހްޔޫނީންގެ އަސްކަރީ ޗެކްޕޮއިންޓްތަކުގެ ސަބަބުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސިޓީތަކާއި ރަށްތަކުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނަށް ގުދުސްއަށް ވަނުމަށްވަނީ ގިނަ ހުރަސްތަކެއް އެޅިފައެވެ.

ރަމަޟާން މަސް ފެށުނީއްސުރެ ސަހްޔޫނީން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ސިޓީއަށް ވަދެވެނީ އުމުރާއި ސަލާމަތީ ސްކްރީނިންތައް ކުރުމުގެ ފަހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved