އަލްއަގްސާ މިސްކިތުގައި ނަމާދު ކުރަނީ / އަލްޖަޒީރާ
ދުނިޔެ
އަލްއަގްސާ މިސްކިތް ނައްތާލުމަށް ދޭ އިންޒާރުތަކާއި ގުޅިގެން ފަލަސްތީނުގެ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
19 އޭޕްރީލު 2025

އަލްއަގްސާ މިސްކިތް ނައްތާލުމަށް ސަހްޔޫނީން ދޭ އިންޒާރުތަކާ ގުޅިގެން ފަލަސްތީނުގެ ސަރުކާރުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަހްޔޫނީ ވަޒަންވެރި ޖަމާއަތްތަކުން އަގްސާ މިސްކިތަށް ހަމަލާދީ ތަޅާލައި، އޭގެ ބަދަލުގައި ފައްޅިއެއް އެޅުމަށް ގޮވާލާ ކަމަށް ފަލަސްތީނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް އިން ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައެވެ.

އިސްލާމްދީނުގެ ތިންވަނަ އެންމެ މާތް ތަން އަދި ފަލަސްތީނުގެ އައިޑެންޓިޓީގެ ރަމްޒެއް ކަމަށްވާ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތް ކޮމްޕައުންޑަކީ ސަހްޔޫނީން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި މުސްލިމުންނާއި ޔަހޫދީންގެ މެދުގައި އުފެދިފައިވާ ފިތުނަ ވަރުގަދަވުމުގެ ރަމްޒެކެވެ.

މިސްކިތް ތަޅާލުމަށްފަހު “ތިންވަނަ ފައްޅި”އެއް ބިނާކުރުމުގެ މަންޒަރު ދައްކުވައިދޭ އޭ އައި ޖެނެރޭޓްކޮށްފައިވާ ވީޑިއޯއެއް “އަންނަ އަހަރު ގުދުސްގައި” ގެ ނަމުގައިވަނީ ސަހްޔޫނީން ދައުރު ކުރަން ފަށާފައެވެ.

އެ މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓްތަކަކީ " ގުދުސްގައި ކްރިސްޓިއަން އަދި އިސްލާމީ މާތް ތަންތަނަށް އަމާޒުކޮށްގެން ކުރާ ކަންކަން އިތުރުކުރުމަށް ނިޒާމީ ގޮތުން ބާރުއެޅުން" ކަމަށް ސިފަކޮށްފައިވެއެވެ.

އެކަމާއި ގުޅިގެން ސީރިއަސްކަމާއެކު ބައިނަލްއަގްވާމީ ގާނޫނުތަކުގައިވާ ގޮތުގެ މަތީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށާއި އދ.ގެ ކަމާބެހޭ މުއައްސަސާތަކަށް މިނިސްޓްރީންވަނީ އެ ބަޔާނުގައި ގޮވާލާފައެވެ.

އަލްއަގްސާ މިސްކިތް ކޮމްޕައުންޑް ހިންގަނީ އުރުދުންކަމަށް ވާ އިރު އެތަނަށް ވަދެވޭނެ ގޮތް ކޮންޓްރޯލް ކުރަނީ ސަހްޔޫނީންގެ ސިފައިންނެވެ.

އަދި މި ކޮމްޕައުންޑަކީ މުހިންމު ތަނެއްގެ ގޮތުގައި ޔަހޫދީން ދެކޭއިރު، މިއީ ފުރަތަމަ ފައްޅިއާއި ދެވަނަ ފައްޅި ހުރި ތަނެއް ކަމަށް ގަބޫލުކުރާއިރު، ފަހުގެ ފައްޅި ރޯމަނުން ވަނީ މީލާދީން 70 ވަނަ އަހަރު ނައްތާލާފައެވެ. އަދި މިހާރު މަސައްކަތް ކުރަނީ "ތިން ވަނަ ފައްޅި" އެޅުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved