މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު މިރޭ ފެނިއްޖެ / އެމްވީކްރައިސިސް
ހަބަރު
މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 މާރިޗު 2025
މާލެ ސިޓީ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އިން މިރޭ ބުނީ މައްޗަންގޯޅީގައި ހުންނަ ގެއެއްގައި ހަބަރު ހުސްވެފައި މީހަކު އޮތްކަމުގެ މައުލޫމާތު މިރޭ 12:22 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވައި ފުލުހުން ބުންޏެވެ

އެއީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved