March 18, 2026
Advertisement
-
- / ެމެގާ

އީރާނުން އުޅެނީ މަޝްވަރާކުރަން ކަމަށް ވިދާޅުވެ، ޓްރަމްޕް އަނެއްކާވެސް ދޮގު ހަދަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 27, 2026, 11:21 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ މެދު ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްލަހަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި، އީރާނުން އެމެރިކާއާއެކު "ޑީލް" އެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެ ޓްރަމްޕް އަނެއްކާވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވައިފިއެވެ.

Advertisement

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ވޮޝިންޓަނާ އެކު މަޝްވަރާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އީރާނަކީ "މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ގައުމެއް" ކަމަށް ސިފަކުރައްވައި، އީރާނުން އުޅެނީ އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ކަމަށް ޓްރަމްޕް ވަނީ ދައުވާ ކުރައްވާފައެވެ. ނަމަވެސް، މުހައްލިލުން ދެކޭގޮތުގައި ޓްރަމްޕްގެ މި ވާހަކަފުޅަކީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން އިތުރުކުރުމަށް ދައްކަވާ އުޒުރެކެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ބޮން އަޅާ ބޯޓުތައް އިތުރުކޮށް، ބިރުވެރިކަން އުފައްދަމުންދާ ދަނޑިވަޅެއްގައި ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަދެއްކެވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. އީރާނުން ދަނީ އެމެރިކާގެ މި ބިރުދެއްކުންތަކަށް ބޯނުލަނބާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ޓްރަމްޕްގެ މި އަމަލުތަކުގެ ސަބަބުން މުޅި މެދުއިރުމަތީގައި ނުތަނަވަސްކަން އުފެދި، ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މަޝްވަރާގެ ވާހަކަ ދައްކަވަމުން ޓްރަމްޕް ކުރައްވާ މިފަދަ ދައުވާތަކަކީ އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށް ފަށާފައިވާ "މެކްސިމަމް ޕްރެޝަރ" ސިޔާސަތުގެ ދަށުން ދުނިޔޭގެ އޮޅުވާލުމަށް ދައްކަވާ ވާހަކަފުޅުތަކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved