March 19, 2026
Advertisement
ޢިލްމު ގެއްލި ޖާހިލުންނާ ހުރިހާކަމެއް ޙަވާލުވެއްޖެ: ޑރ ޖަމީލު
ޢިލްމު ގެއްލި ޖާހިލުންނާ ހުރިހާކަމެއް ޙަވާލުވެއްޖެ: ޑރ ޖަމީލު / ސޯޝަލް މީޑިއާ

ޢިލްމު ގެއްލި ޖާހިލުންނާ ހުރިހާކަމެއް ޙަވާލުވެއްޖެ: ޑރ ޖަމީލު

Mar 31, 2025, 10:27 PM
މާލެ ސިޓީ

ގައުމުގައި މިއަދު ފެންނަމުން ދަނި ޢިލްމު ގެއްލި ގައުމުގެ ހުރިހާ ކަންކަން ޖާހިލުންގެ އަތްމައްޗަށް ދޫވެގެންދާ މަންޒަރު ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ނުރުހުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) މިއަހަރުގެ ފިޠުރު ޢީދު ނަމާދު އޭނާގެ އުފަން ރަށުގައި އިމާމުވެ ކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން ޑރ ޖަމީލު ވަނީ އެކަން އެގޮތަށް ކުރީ މި ގައުމުގައި ޚަޠީބުންނާ ޙާފިޒުންނާ ޤާރީން މަދުވެގެން ތޯ އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އަބްދުއްރަހީމުއަކީ މުއާމަލާތްކުރުމުގައި ބަސްމަގު ހުތުރު މީހެއް ކަމަށް ވިދާޅުވެ އިމާމުވެ ނަމާދުކުރަން ޖެހޭ މިންގަނޑުތަކެއް ނުވޭތޯ ވެސް އައްސަވާފައެވެ.

އީދު ނަމާދު އަބްދުއްރަހީމު ކުރިއިރު މާދަމާ، ބާރަށު ޝުޖާޢު، ފަލާޙު އިމާމުކަންކޮށް ސާބިތުކޮށްދޭން މިއުޅެނީ ކޯއްޗެއްތޯ އައްސަވާ ޑރ ޖަމީލު ވަނީ އެވެރިން އިމާމުވެ ނަމާދުކުރުމުން ރައީސް މައުމޫނު އަބްދުލްގައްޔޫމު ނުވަތަ ޝެއިޚު ރަޝީދުމެން ފެންވަރުގެ ބޭފުޅުންނަށް ވޭތޯ ވެސް އައްސަވާފައެވެ. ނޫނީ ޙަގީގަތުގައިވެސް ދީނާ ގުރުއާނު ކިޔަވައިގެން ތިބި ބަޔަކަށްވީތޯވެސް އައްސަވާފައިވެއެވެ.

މި މިންވަރުން ފެނިގެން ދަނީ ޤިޔާމަތުގެ ޢާލާމަތްކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ ޢިލްމު ގެއްލި ޖާހިލުންނާ ހުރިހާކަމެއް ޙަވާލުވުމަކީ ޤިޔާމަތުގެ ޢާލާމަތްކަމަށެވެ.

މީގެ އިތުރުން ހިނގައިދިޔަ އެކަންތަކުގެ ޒިންމާ މިސަރުކާރުގެ ދީނީބޭފުޅުން އުފުލަން ޖެހޭ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ މިއީ ލަދުވެތި ކަމެއް ކަމަށާ ތިމާމެންގެ ޢަގީދާއަށްވެސް އިޙްތިރާމެއް މި ސަރުކާރުން ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved