ބޭބެއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރު ކުރި އާސިފް / ސޯޝަލް މީޑިއާ
ހަބަރު
މަޑުއްވަރީގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 އޭޕްރީލު 2025
މާލެ ސިޓީ

ރ. މަޑުއްވަރީގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ. މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 11:28 ހާއިރު އެވެ.

ފުލުހުން ބުނީ އަނިޔާވި މީހާއަށް މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާދީފައިވާ ކަމަށެވެ. ފަހުން އޭނާ ވަނީ އެއަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved