

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މީހާ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ވެސް ޖަހައިފަ އެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމާއި އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ވަޒަން ފެނިގެން މީގެ ކުރިން ވެސް ބައެއް މީހުން ހައްޔަރުކޮށް، މައްސަލަތަކުގައި ދައުވާ އުފުލާފައިވެ އެވެ.