ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 34 އަހަރުގެ މީހާ / ޕޮލިސް މީޑިޔާ
ހަބަރު
ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 އޭޕްރީލު 2025
މާލެ ސިޓީ

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށް, މިއަދު ވަނަވަރު ހާމަކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ވ. ކެޔޮދޫ، ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް، 34 ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved