March 22, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ރޯދަ މަހުގެ ފަހު ދިހަޔަަކަށް މެދު ކަނޑާލުމަށް ފަހު ޕީއެންއެފްގެ ޖަލްސާތައް ބުރާސްފަތި ދުވަހުގެ ރޭ ފަށަނީ!

Apr 8, 2025, 12:34 AM
މާލެ ސިޓީ

ރޯދަ މަހުގެ ފަހު ދިހަޔަަކަށް މެދު ކަނޑާލުމަށް ފަހު، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ޖަލްސާތައް ބުރާސްފަތި ދުވަހުގެ ރޭ ފަށާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފުން ހާމަކުރާ ގޮތުގައި ޖަލްސާތައް މި ބުރާސްފަތި (10 އެޕްރިލް 2025) ދުވަހުގެ ރެއިން ފަށާނެ ކަމަށާ ޖަލްސާތައް ދެން ކުރިއަށް ދާނީ އިހުނަށްވުރެ ވެސް ފޯރިގަދަކޮށްކަމަށްވެސް ހާމަކޮށްފައިވެއެވެ.

މި ޖަލްސާތަކުގައި ކަމު ވޮށީގެންވާ ބޭފުޅުން ގައުމުގެ އެކި ކަންކަމަށް ނަޒަރު ހިންގާލައްވާ ވާހަކަ ދައްކަވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ގައުމުގެ ކަންކަން ހިނގަމުންދާ މަގަށް ނަޒަރު ހިންގަވާލައްވާ ވާހަކަފުޅު ދައްކަވާ ކަންކަން ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަން ފާހަގަކުރައްވައެވެ.

ޖަލްސާތަކުގައި ގައުމުގެ އިޖްތިމާއީ، އިގްތިސޯދީ އަދި މާލީ ހާލަތަށްވެސް ނަޒަރު ހިންގަވާ ލައްވާ އެކި ރޭގެ ޖަލްސާތަކުގައި ބޭނުންތެރި މައުލޫމާތުތައް ފޯރުކޮށްދެއްވައެވެ.

ރައީސް ޔާމީންގެ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ އަދި އެމަނިކުފާނަށް ސަޕޯޓުކުރައްވާ އަދި ލޯބިވާ ހުރިހާ ސަޕޯޓަރުންވެސް ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ޕާޓީއިން ހާމަކުރެއެވެ.

ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 08:45 ގައި ހ. ދުވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕީއެންއެފްގެ އޮފީހުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved