April 16, 2026
Advertisement
ގާޒާ
ގާޒާ / ރޮއިޓަރސް

ސަހްޔޫނީ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 58 މީހުން ޝަހީދުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Apr 8, 2025, 11:40 PM

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 50،800 އަށް އަރާފައިވާއިރު ސަހްޔޫނީ ހަމަލާތަކުގައި އިތުރު 58 މީހުން ޝަހީދުވިކަން ހާމަވެއްޖެއެވެ.

Advertisement

ސަހްޔޫނީން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 58 މީހަކު ޣައްޒާގައި މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން އަންގާރަ ދުވަހު ބުނެފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ވަނީ 50،810 އަށް އަރާފަ އެވެ.

މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 213 މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު، ސަހްޔޫނީން ދިން ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 115،688 އަށް އަރާފައެވެ.

މީގެ ކުރިން ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ސަހްޔޫނީން ރޭގަނޑު ދިން ހަމަލާތަކުގައި ކުޑަ ކުދިން ހިމެނޭހެން ފަލަސްތީނުގެ 19 މީހުން ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ޑެއިރް އެލް ބާލާގެ ގެއަކަށް ދިން ހަމަލާއެއްގައި ފަސް ކުޑަކުދިންނާއި ބޮޑެތި ހަތަރު މީހުން ޝަހީދުވިއިރު، ފަތިހުގެ ކުރިން ޣައްޒާ ސިޓީއާއި އުތުރުގައި އޮންނަ ބެއިޓް ލާހިއާ އަށް ވަކިވަކިން ދެ ހަމަލާއެއް ދިނުމުން ޖުމްލަ 10 މީހުން ޝަހީދުވިކަމަށް މަސްދަރުތަކުންދަނީ ރިޕޯޓު ކުރަމުންނެވެ.

ސަހްޔޫނީން ވަނީ މާޗް މަހުގެ 18 ވަނަ ދުވަހު ޣައްޒާގެ ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ދިނުމުން ހަމާސްއާ އެކު ދެ މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ނިންމާލާފައެވެ.

މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

ސަހްޔޫނީން އެ އެންކްލޭވްއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ނަސްލު ނައްތާލުމުގެ މައްސަލައެއްވެސް އޮތްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved