March 25, 2026
Advertisement
މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މައުމޫން
މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މައުމޫން / ސޯޝަލް މީޑިއާ

މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު މަދަނީ ޢަބްދުﷲ ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދައިފި

Apr 10, 2025, 02:07 AM

މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުހައްމަދު ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދައިފިއެވެ.

Advertisement

މައުލޫމާތު ލިބޭ ގޮތުގައި ކޯޓު އަމުރު ފުލުހުން ހޯދައިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް މަދަނީ އަބްދުﷲ މިހާރު ހުންނެވީ ދުބާއީގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން މިއަދުވަނީ ހާމަވެފައެެވެ.

ޢަބްދުﷲ މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. އެ މައްސަލަ އަންނަނީ މިހާރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ތަހުގީގު ކުރަމުންނެވެ.

އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށް އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އޭނާ އާއި ދެކޮޅަށް އުފުލައިފައެވެ.

މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މުހައްމަދާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިންވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved