March 25, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ތޭރަ އޮންލައިން

ކޮރަޕްޝަންގެ އެތައް ތުހުމަތާއި އެކު ބޯފަން އަބްދުﷲ މަގާމުގައި ދެމި ހުންނާތީ އެކަމާއި ގުޅިގެން މަލީހުގެ ކަންބޮޑުވުން

Hussain Nawaf
ހުސައިން ނަވާފް
Apr 9, 2025, 09:40 PM

ކޮރަޕްޝަންގެ އެތައް ތުހުމަތެއް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު ކުރެވޭ އިރު މަގާމުގައި ދެމި ހުންނާތީ އެކަމުގެ ކަންބޮޑުވުން ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު ކަންބޮޑުވުން ފާޅުކޮށް އެކްސްގައިވަނީ ޕޯސްޓެއްކޮށްފައެވެ.

އެގޮތުން އެ ޕޯސްޓުގައި ބޯފަން އަބްދުﷲ މިހާރު ހުންނަންޖެހެނީ ފުލުހުންގެ އިދާރާގަ ތަހުޤީޤަށް ހާޒިރުވެކަމަށް މަލީހުވަނީ ފާހަގަ ކުރައްވާފައެވެ.

ބޯފަން އަބްދުﷲ ގޭސް ކުންފުނީގެ ހަތަރު ފާރުތެރެއަށް ވެއްދުމަކީ ހެކި ނައްތާލަން ލިބޭ ފުރުސަތެއްކަމަށް ސިފަކޮށް އޭނާއަށް ކުންފުނި ތެރެއަށް ވަދެވިގެން ނުވާނެކަމަށް މަލީހު ވިދާޅުވެ އެ ކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

ގޭސް ފުޅިގަނޑުން ވައްކަންކުރަން ފެށުމުން ރައީސް މުއިއްޒުގެ ސަރުކާރު ހިނގާގޮތް ހާމަވާކަމަށް މަލީހުގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.

ބޯފަން އަބްދުﷲގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އުފުލައިފައެވެ. މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މުހައްމަދާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިންވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved