މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުހައްމަދު / ސޯޝަލް މީޑިއާ
ހަބަރު
މޯލްޑިވްސް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ބަލަނީ
Hussain Nawaf
ހުސައިން ނަވާފް
10 އޭޕްރީލު 2025

މޯލްޑިވްސް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މިކަންވަނީ ރާއްޖޭގެ އެކި މީޑިއާތަކުގައި ރިޕޯޓު ކުރަން ފަށާފައެވެ.

މި މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ވެސް ތަހުގީގުކުރަން ފަށައިފައިވާ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ މައްސަލަ އާއި ބެހޭ އެއްވެސް އިތުރު މައުލޫމާތެއް އޭސީސީން ހާމައެއް ނުކުރެއެވެ.

މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނާ މައްސަލައެއް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ފެންމަތިކުރައްވާފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށިކަން ހާމަވެފައިވާއިރު މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުހައްމަދު ހައްޔަރު ކުރަން ކޯޓު އަމުރެއް ރޭގެ ވަގުތެއްގައި ހޯދިކަންވެސް ވަނީ ހާމަވެފައެވެ.

ޢަބްދުﷲ މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެ މައްސަލަ އަންނަނީ މިހާރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ތަހުގީގު ކުރަމުންނެވެ.

އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށް އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް މައްސަލައެއް ފެންމަތިކޮށްފައިވެއެވެ.

މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މުހައްމަދާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved