ލ. ލިންކު ރޯޑު / ސޯޝަލް މީޑިއާ
ހަބަރު
އެކްސިޑެންޓެއް ހިނގާ މީހަކު ނިޔާވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
12 އޭޕްރީލު 2025
ލ އަތޮޅު

ލ. އަތޮޅުގައި އެކްސިޑެންޓެއް ހިނގާ ފިރިހެނަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯނުވެ ގޮސް އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް (30އ) ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލް ނުވެ، މާންދޫ ބެންޑުގެ ބެޑު ފާރުގައި ޖެހުމުގެ ސަބަބުންނެވެ.

އެކްސިޑެންޓުވުމުން އޭނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ސައިކަލުން ވެއްޓުމުގެ ސަބަބުން ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ.

އެކްސިޑެންޓުވި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved