April 22, 2026
Advertisement
ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފައި
ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފައި / އޭއެފްޕީ

ޣައްޒާގެ ފީލްޑް ހޮސްޕިޓަލެއްގެ އުތުރު ގޭޓަށް ދިން ވައިގެ ހަމަލާއެއްގައި 10 މީހަކު ޒަހަމްވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Apr 15, 2025, 08:20 PM

ސަހްޔޫނީން ޣައްޒާގެ ފީލްޑް ހޮސްޕިޓަލެއްގެ އުތުރު ގޭޓަށް އަންގާރަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި ތިން މެޑިކް އާއި ހަތް ބަލިމީހުން ހިމެނޭ ގޮތަށް 10 މީހަކު ޒަހަމްވިކަން ހާމަވެއްޖެއެވެ.

Advertisement

މުވާސީ ސަރަހައްދުގައި ހުންނަ ކުވައިތު ފީލްޑް ހޮސްޕިޓަލަށް މި ހަމަލާ ކުރިމަތިވިއިރު، އެތައް ލައްކަ ބަޔަކު ވަނީ ޓެންޓް ކޭމްޕްތަކުގައި ހިޔާވަހިކަން ހޯދާފައެވެ. އެ ހޮސްޕިޓަލުގެ ތަރުޖަމާނު ސާބްރޭ މުހައްމަދު ވިދާޅުވީ، އޭގެތެރެއިން ދެމީހުންނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

މި ހަމަލާ އާއި ގުޅޭ ގޮތުން ސަހްޔޫނީންގެ އަސްކަރިއްޔާގެ އެއްވެސް ބަހެއް އަދި ހާމައެއް ނުކުރެއެވެ.

18 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ހޮސްޕިޓަލްތަކުގައި ފޮރުވިގެން ނުވަތަ އަސްކަރީ ބޭނުމަކަށް ބޭނުންކުރާ ކަމަށް ތުހުމަތުކޮށް އަސްކަރިއްޔާއިން ވަނީ އެތައް ފަހަރަކު ހޮސްޕިޓަލްތަކަށް ހަމަލާދީފަ އެވެ.

ހޮސްޕިޓަލްތަކުގެ މުވައްޒަފުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ސަހްޔޫނީންވަނީ ފަރުވާކުޑަކޮށް އާންމުންނަށް ނުރައްކާކޮށް، އެ ސަރަހައްދުގެ ސިއްހީ ނިޒާމު ފުނޑު ފުނޑުކޮށްލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved