March 16, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން / ރާއްޖެއެމްވީ

އޯ ލެވެލް އިމްތިހާން މިއަދު ފެށުމާއި ގުޅިގެން ރައީސް ޔާމީން އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހެޔޮ އެދުން އަރިސްކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Apr 20, 2025, 06:50 PM

އޯ ލެވެލް އިމްތިހާން މިއަދު ފެށުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހެޔޮ އެދުން އަރިސްކޮށްފިއެވެ.

Advertisement

ރައީސް ޔާމީން އޯ ލެވެލް އިމްތިހާން ހަދާ ކުދިންނަށް ހެޔޮ އެދުން އަރިސް ކުރެއްވި އިރު މިއަދު އިމްތިހާން ފެށޭނެކަން އެޑިއުކޭޝަން މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

ސާނަވީ ނުވަތަ ގްރޭޑް 10 ނިންމާ ދަރިވަރުންނަށް، ބާއްވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ އިދާރީ މަސައްކަތް ކުރަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުންނެވެ.

މި އިމްތިޙާނުގައި ބައިވެރިވެވޭނީ އެކަމަށް އިޢުލާން ކުރުމުން، ކަނޑައެޅިފައިވާ އެޕްލިކޭޝަން ފޯމް ހުށަހެޅުމުންނެވެ. އެޕްލިކޭޝަން ފޯމް ހުށަހެޅުން ދެ މަރުޙަލާއަކަށް ބަހާލާފައިވެއެވެ. އެއީ ނޯމަލް އެންޓްރީ އާއި ލޭޓް އެންޓްރީ އެވެ.

އެގޮތުން އެންމެ ފުރަތަމަ އޮންނާނީ 9100 އިސްލާމީ ތަރުބިއްޔަތު ޓެސްޓެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved