February 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ ބޭބޭފުޅު އަދި ރައީސް މައުމޫނުގެ ކޮއްކޯފުޅު، މަންނު އަވަހާރަވެއްޖެ، ކަށު ނަމާދު މިރޭ ތަރާވީސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި!

Feb 19, 2026, 12:00 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަދި ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ކޮއްކޯފުޅު މަމްނޫނު އަބްދުލްގައްޔޫމު (މަންނު) އަވަހާރަވެއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މަމްނޫނު އަވަހާރާވީ އިޝާ ނަމާދަށްފަހު ރޭގެ ވަގުތެއްގައެވެ. އަވަހާރަވީ ކުއްލި ގޮތަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަވަހާރަވީއިރު އުމުރުފުޅަކީ 68 އަހަރެވެ. މަމްނޫނުގެ މޫނު ދެއްކުމާ އަދި ކަށު ނަމާދު އޮންނާނީ މިރޭ ތަރާވީހު ނަމާދަށް ފަހު މަސްޖިދުއް ތައާވަން (އާސަހަރާ މިސްކިތް)ގައެވެ.

މަމްނޫނަކީ ރައީސް މައުމޫނުގެ އެއްބަފާ ކޮއްކޯފުޅެވެ. އަދި ރައީސް ޔާމީންގެ އެއްބަޑު އެއްބަފާ ބޭބޭފުޅެވެ. ނަމަވެސް މަމްނޫނަކީ ސިޔާސީ މައިދާނުގައި އެއްވެސް ވަރަކަށް ހަރަކާތްތެރިވި ބޭފުޅެއް ނޫނެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ރައީސް ޔާމީންއަށާ އާއިލާއަށް ޗެނަލް13 އަދި ތޭރައޮންލައިންގެ އެންމެހާ މުވައްޒަފުންނާ މެނޭޖުމަންޓުގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ. މަރްހޫމުގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށިއެވެ. އާމީން.

ކޮމެންޓު