މާލެ މަތިން ނަގައިފައިވާ ފޮޓޯއެއް / ފޭސްބުކް
ހަބަރު
މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
21 އޭޕްރީލު 2025
މާލެ ސިޓީ

މާލެ ސިޓީގައި ބޮޑު މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނެފައިވަނީ މިއަދު މެންދުރުފަހު 03:30ކަންހާއިރު މާފަންނު ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ..

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved