

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވާފައި ވަނީ 51 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އޭނާގެ މައްޗަށް ސާބިތުވީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާ މެދުގައި، އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި، އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި ކަމަށެވެ.
އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެއް ކަމަށް ހުޅުމާލެ ކޯޓުން އިއްވި ހުކުމުގައިވެ އެވެ.
އިތުުބާރުކުރެވޭ މަގާމެއްގައި ހުރެ އަންހެން ކުއްޖަކާ މެދު އެކި ދުވަސް މަތިން ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައި މި މީހާ ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 3 ސެޕްޓެމްބަރު 2022ގަ އެވެ.
ފުލުހުންގެ ތަހުގީގު ނިންމީ 18 އޮކްޓޯބަރު 2022ގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ފުލުހުން ބުންޏެވެ.