

2025 އޭޕްރީލް 24 ވަނަ ދުވަހު ހަވީރު ވަގުތެއް އއ.މަތިވެރި ޕޮލިސް ސްޓޭޝަނުން ބާރުގަދަ ސިންތަޓިކް ޑްރަގް އަތުން ފެނިގެން އއ.މަތިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އއ.މަތިވެރި / ހަނދުވަރީގެ މުހައްމަދު ޖަމީލު ހައްޔަރު ނުކޮށް ދޫކޮށްލައިފި އެވެ.
"ތޭރައޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީނާ ފުލުހުން ދޫކޮށްލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުތާ 2 ގަޑިއިރު ފަހުންނެވެ. މީނާ މުއްދަތު ޖެހުމަށް ކޯޓަށް ވެސް ގެންގޮސްފައި ނުވެ އެވެ.
މަތިވެރިން "ތޭރައޮންލައިން" އަށް މައުލޫމާތު ދިން މީހާ ބުނީ ފުލުހުން އަޙްމަދު ޖަމީލު ހައްޔަރު ކޮށްފައިވަނީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައި ރަށުގައި އުޅެމުން ދަނިކޮށް، ޖަމީލުގެ ފަރާތުން ބަޔަކަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ރަށުގެ އެކިއެކި މީހުން ރިޕޯޓް ކުރުމާއި ގުޅުންނެވެ.
ޖަމީލު އަކީ ތަފާތު އެކިއެކި ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް ވެސް އޮންނަ ފަރާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީނާގެ އަތުން ފެނިފައިވާ މަސްތުވާތަކެއްޗަކީ ވަރަށް ބާރުގަދަ މަސްތުވާތަކެތީ ގެ ބާވަތެއްކަމަށް ވައިޓް ކްރިސްޓަލް މެތުގެ ސިންތަޓިކްގެ ބާވަތެކެވެ.
އަދި މީނާގެ ކުޑަކަމުދާ ތަކެތިވެސް މަސްތުވާތަކެތީ ބާރުގަދަ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެސް ވަނީ ވެފައި އެވެ. މި ބާވަތުގެ މަސްތުވާތަކެއްޗަކީ ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާއި ބެހޭ ޤާނޫންގެ ދަށުން މީހަކު އަތުން ފެނިއްޖެނަމަ އެމީހަކާއިމެދު 25 އަަހަރުގެ ޑްރަގް ޓްރަފިކް ކުރުމުގެ ދައުވާ ކުރެވިދާނެ ޖިނާއީ ބޮޑެތި މައްސަލަތައް ހިމެނޭ މައްސަލަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އއ.މަތިވެރި ހައްޔަރު ކުރި އއ.މަތިވެރި / ހަނދުވަރީގެ ޖަމީލު ދޫކޮށްލާފައިވަނީ އއ.މަތިވެރި ޕޮލިސް ސްޓޭޝަންގެ އިންޗާޖް އާއި އައިއޯގެ ގާތް އުޅުމެއް އޮންނާތީވެ އެ ފަރާތް ބަންދުކުރަން ބޭނުން ނުވެގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އއ.މަތިވެރި ޕޮލިސް ސްޓޭޝަންގެ އިންޗާޖް އާއި އިންވެސްޓިގޭޝަންގައި އޮފިސަރު މިވަގުތު ތިބީ ވީކެންޑް ހެދުމަށް މާލޭގައި ކަމަށް އއ.މަތިވެރިން މައުލޫމާތު ދިން މީހާ ބުންނެވެ.
މީގެ ކުރިން ވެސް ތަފާތު މަސްތުވާތަކެތީގެ މައްސަލަތަކުގައި މަތިވެރި ޕޮލިސް ސްޓޭޝަނުން މީހުން ހައްޔަރު ނުކޮށް ދޫކޮށްލާފައިވާ މައްލަތައް ފެންމަތިވެފައި އެބަހުއްޓެވެ.
ބާރުގަދަ ސިންތަޓިކް ޑްރަގް އަތުން ފެނުނު މީހަކު ހައްޔަރު ނުކޮށް އއ.މަތިވެރި ޕޮލިސް ސްޓޭޝަނުން ދޫކޮށްލައިފައި މިވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ މީހާ ބަންދުގައި ބަހައްޓަނީ ހަމައެކަނި އޭނާ އަތުން މަސްތުވާތަކެތި ފެނިގެން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިތާ އެއް ދުވަސް ފަހުން ނެވެ.
މިދިޔަ ބުރަސްފަތި ދުވަހު ފުލުހުންގެ ފަރާތުން ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނާރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ހ. ފެންޓެނޯއި ގޭގެ މަތީ ފްލޯއަކުން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގައި އޭނާއާއެކު އެ ގޭގެ ސިޑިމަތީގައި އުޅުނު ރައުދު އަހުމަދު ޒިލާލް 21، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ނެގި ޔޫރިން ޕޮޒިޓިވް ވިޔަސް، އޭނާ ހައްޔަރު ނުކުރީ އަތުން މަސްތުވާތަކެތި ނުފެނުމުން ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ މީހާ ބަންދުގައި ބަހައްޓަނީ ހަމައެކަނި އޭނާ އަތުން މަސްތުވާތަކެތި ފެނިގެން ކަމަށެވެ.
ތިބޭފުޅުން ތި ދަންނަވަނީ މަސްތުގެ ހާލަތުގައި ހުރެފައި އަޅުގަނޑުމެން ހައްޔަރަށް ގެންގޮސްފައި ކުޑަގޮޅީގައި މީހުން ބައިތިއްބާ ވާހަކަ. އެގޮތަކަށެއް އެކަމެއް ނުކުރާނެ އޭނަ އަތުން މަސްތުވާތަކެތި ނުފެންނަހާ ހިނދަކުއެއް،
ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު މިހެން ވިދާޅުވި ނަމަވެސް، އއ.މަތިވެރި ޕޮލިސް ސްޓޭޝަނުން ބާރުގަދަ ސިންތަޓިކް ޑްރަގް އަތުން ފެނުނު މީހާ ދޫކޮށްލާ މިނިވަން މި ކުރީ ކޮމިޝަނާރ އޮފް ޕޮލިސް އަލީ ޝުޖާއު އެ ވިދާޅުވާ ވިސްނުމާއި ދެކޮޅަށެވެ.
މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ "ރަސްމީ" ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.