

ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވަން ނިންމެވިއިރު، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މާލޭގައި މުޒާހަރާ ކުރަމުންދާ ޒުވާނުން ވަނީ އޭނާ އިސްތިއުފާ ދިނުމަށް ޑިމާންޑު ކޮށްފަ އެވެ. ސުޖާއުގެ އިތުރުން ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ޒުވާނުން ވަނީ ގޮވައިލައިފަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ސުޖާއު އިސްތިއުފާ ދެއްވުމާއެކު އެ މަގާމަށް އަންނާނެ ކަމަށް ބޮޑަށް ބެލެވެނީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.