theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގެއްލިގެން ހޯދަމުންދާ ތ. ތިމަރަފުށި، ސަލްވާ، އުމުރުން 31 އަހަރުގެ ފާޠިމަތު ޝަހުދާ / ޕޮލިސް
ހަބަރު
މާލެއިން 31 އަހަރުގެ އަަންހެނަކު ގެއްލިގެން ހޯދަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 އޭޕްރީލު 2025
މާލެ ސިޓީ

މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ، 31، ކަމަށެވެ.

މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޭނަގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި 24 ވަނަ ދުވަހުގެ ރެ އެވެ. ޝަހުދާ އެންމެ ފަހުން ފެނިފައި ވަނީ އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އޭރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެ އްކަމަށް އާއިލާއި އިން ބުނާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ޝަހުދާއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޝަހުދާ އަކީ މާރާމާރީގެ މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރު ފުލުހުން ހައްޔަރު ވެސް ކުރި މީހެކެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އޭނަ އަކީ ކުށުގެ ގިނަ ރެކޯޑްތަކެއް އޮންނަ މީހެކެވެ.

އެގޮތުން މާލޭގައި ފޯނު ވިއްކާ ފިހާރައަކަށް ވަދެ ސޭޓެއްގެ ކަރަށް ވަޅި ހެރި މައްސަލައެއްގައި 2023 ގައި ވެސް އޭނަ ހައްޔަރުކުރި މީހެކެވެ.

އަދި ދީނަށް ފުރައްސާރަ ކުރުމާއި މުދަލަށް ގެއްލުންތައް ދިނުން ފަދަ އެތައް މައްސަަލަތަކާ ހެދި ތިމަރަފުށީގައި އޭނައާ ދެކޮޅަށް މުޒާހަރާތަކެއް ވެސްކޮށްފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved