

މާލޭ އިރަމާމަގުގައި ހުންނަ ކެފޭއަކަށް މީހަކު ވަދެ، ކާއެއްޗެހި ބަހައްޓާފައި ހުރި ބިއްލޫރި ރެކެއް ތަޅާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި މިރޭ މީހަކު އާއްމުކުރި ވީޑިއޯއިން ފެންނަނީ އަޅިވިލާމަގުގެ އައިސްބްރޭކު ކެފޭއަށް ހެނދުނު 8:08 ގައި ފިރިހެނަކު ވަންނަ ތަނެވެ.
ކައުންޓަރާ ދިމާލަށް ގޮސް، އެތަނުގައި އިން މީހައާ ދިމާލަށް އެއްޗެހިތަކެއް ކިޔައި، ކާ އެއްޗެހި އަޅާފައި ހުރި ރެކުގައި ފައިން ޖެހުމުން އެ ތަޅައިގެން ދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
މި ހާދިސާ ހިނގި ވަގުތު އެ ކެފޭގައި އުމުރުން ދުވަސްވީ މީހަކު ސައިބޯން އިދެއެވެ.
އެ ވީޑިއޯއިން ފެންނަ މީހާ ސާފުކޮށް ފެންނަން ހުއްޓަސް އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާލެތެރޭގެ އަމާންކަން ގެއްލި އާންމުންނަށް މާލެ މިހާރު ވަނީ ވަރަށް ނުރައްކާތެރި ކުށުގެ ހާއްޔަކަށް ބަދަލުވެފަ އެވެ. ކުށްވެރިން ފުލުހުންގެ މައްޗަށް ގަދަވެގަނެ ހިންގާ ނުރައްކާތެރި އަމަލުތައް ރިޕޯޓް ކުރާ މިންވަރު މިފަހުން ވަނީ އިތުރުވެފަ އެވެ.
ރައްޔިތުންގެ މެދުގައި ސަރުކާރާމެދު ނުރުހުންވެ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރާ މުޒާހަރާތައްވެސް މިފަހުން ވަނީ އިތުރުވެފަ އެވެ.