

މިއަދު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރަކުން މީހަކު ހަޅޭއްލަވާތީ ފުލުހުން ބެލިއިރު، ޚަބަރު ހުސްވެފައި އޮތް ޒުވާން އަންހެނަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ ތަނަށް ރިޕޯޓު ލިބުނީ މިއަދު ހެނދުނު 6 ހާއިރު، ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު އިވޭ ކަމަށެވެ.
ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ހެނދުނު 06:05 ހާއިރު ފުލުހުންނަށް ރިޕޯޓަކާ ގުޅިގެން ފުލުހުން އެޓެންޑުވެ، ގަދަ ކަމުން ދޮރު ހުޅުވައި ބެލިއިރު ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވޭ،
ފުލުހުން އިތުރަށް ބުނީ ހަބަރު ހުސްވެފައި އޮތް އަންހެން މީހާ ފެނުނު އެޕާޓްމަންޓުގައި އިތުރު މީހަކު ނެތް ކަމަށެވެ.
އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައި ނުވާއިރު، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.