ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި / ޕޮލިސް
ހަބަރު
ރަސްފަންނު މޫދަށް ކަޅު ތެޔޮ އެޅިފައިވާތީ މޫދަށް ނޭރެން އެދިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 އޭޕްރީލު 2025
މާލެ ސިޓީ

މާލޭގެ ސްފަނުން މޫދަށް ކަޅުތެޔޮ އެޅުފައިވާތީ ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެތަނަށް އެރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން އެ ސަރަހައްދު ބަލަހައްޓައި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިވަގުތު ރަސްފަންނަށް މޫދަށް ނުދިއުމަށާއި އެތަނުގައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ފުލުހުން އެދެ އެވެ.

މީގެ ކުރިން ވެސް ރަސްފަންނު މޫދަށް ވެސް ކަޅުތެޔޮ އަޅައިގެން އެތަން ބަންދުކުރި އެވެ. އަދި ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅި މައްސަލައެއް ފުލުހުން ކުރިން ވެސް ބަލާފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved