މުއިއްޒު އިހްސާނުއަށް ފަތްކޮޅު އަރުވަނީ / ރައީސް އޮފިސް
ހަބަރު
ޝަމްއާން ރައީސަށް ފޮނުވި މެސެޖް: ބިދޭސީންގެ ކޯޓާ، ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ހިންގަމުން އައި ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތައް ހިމެނޭ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 އޭޕްރީލު 2025
މާލެ ސިޓީ

ކޮރަޕްޝަނުގެ ތުހުމަތުކޮށް، އިމިގްރޭޝަނުގެ ކޮންޓްރޯލަރުކަމުން މުހައްމަދު ޝަމްއާން ވަހީދު ވަކިކޮށް ކުރިއިރު ޝަމްއާން ރައީސަށް ފޮނުވި މެސެޖްގައި ބިދޭސީންގެ ކޯޓާ، ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ހިންގަމުން އައި ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތައް ހިމެނޭ ކަން ހާމަ ވެއްޖެ އެވެ.

ޝަމްއާނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ކަން ހިނގައިދިޔަ ގޮތުގެ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.

ޝަމްއާނުގެ އާއިލާއިން ބުނި ގޮތުގައި، ހޯމްލޭންޑް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާންވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފަ އެވެ. އާއިލާއިން ބުނި ގޮތުގައި ޝަމްއާންވަނީ އިހުސާނު ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ކަންތައްތައް މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ޝަމްއާން ރައީސަށް ފޮނުވި މެސެޖުގައި ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ހިންގަމުން އައި ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އާއިލާއިން ބުނީ ކޮރަޕްޝަނުގެ އަމަލުތައް ސަމާލު ކަމަށް ގެނައުމުން ވެސް ރައީސް އެ ކަމަށް ސަމާލުކަން ނުދިން ކަމަށެވެ.

އާއިލާއިން ބުނި ގޮތުގައި ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ އިހުސާނާ ގުޅުން އޮންނަ ބަންގްލަދޭޝް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ދުވަހާ ޖެހިގެން އައި ދުވަހެވެ. މިއީ އިއްތިފާގެއް ނޫން ކަމަށް އާއިލާގެ ބަޔާނުގައި ފާހަގަކޮށްފައި އޮތެވެ.

މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާން އަތުގައި އޮތްކަން އެނގުމުން ކަމަށް އޭނާގެ އާއިލާއިން އަންނަނީ ބުނަމުންނެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved