

ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަމުންދިޔަ މީހެއްގެ ހާލު ދެރަވެ، އިތުރު ފަރުވާއަށް މިއަދު މާލެއަށް ގެނެސްފިއެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި، އޭނާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ މިއަދު ފަތިހު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އޭގެ ފަހުން އިތުރު ފަރުވާއަށް މިއަދު މެންދުރު އޭނާ ވައިގެ މަގުން މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ހާލު ސީރިއަަސް ކަމަށް ވެސް ފުލުހުން ބުންޏެެވެ.
އެކަމަކު އޭނާގެ ހާލު ސީރިއަސްވީ ކޮން ކަމެއްގެ ސަބަބުން ކަމެއް ފުލުހުން ނުބުނެ އެވެ.